ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-COO/MHCL/2015/1007
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 08 ޖުލައި 2015 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ފަރާތުން 1436 ވަނަ އަހަރުގެ ޙައްޖުދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ މީހުން، ތިރީގައި މި ދަންނަވާ މަޤާމުތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

މުސާޢިދު (އަންހެން)

އަދަދު:

05

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.
  • ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގުން.

މަސްއޫލިއްޔަތު:

  • އަޅުކަމުގެ ކަންކަމުގައި އަންހެން ޙާޖީންނާއެކު ހަރަކާތްތެރިވުން.
  • އެހީތެރިކަން ބޭނުންވާ އަންހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މިވަޒީފާއަށް މީހުން ހޮވުމުގައި އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

މުސާޢިދު (ފިރިހެން)

އަދަދު:

20

ފެންވަރު ނުވަތަ ޝަރުޠު

  • ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.
  • ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގުން.

މަސްއޫލިއްޔަތު:

  • އަޅުކަމުގެ ކަންކަމުގައި ފިރިހެން ޙާޖީންނާއި އެކު ހަރަކާތްތެރިވުން.
  • އެހީތެރިކަން ބޭނުންވާ ފިރިހެން ޙާޖީން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މިވަޒީފާއަށް މީހުން ހޮވުމުގައި އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

ޑޮކްޓަރު

އަދަދު:

05

ފެންވަރު ނުވަތަ ޝަރުޠު

  • މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުމާއި އެކު ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.    
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ސިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • އަންހެނެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  • އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

8 ޖުލައި 2015 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

29 ޖޫން 2015