ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/108
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 30 ނޮވެންބަރު 2024 00:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑާއި ގުޅޭ

ނ. ކެނދިކުޅުދޫގެ ފުޓްސަލް ދަނޑު ކެނދިކުޅުދޫ ސްކޫލް ކުދިންގެ އިންޓަރ ހައުސް ފުޓްސަލް މުބާރާތުގެ ފަރިތަކުރުންތަކަށް 14 ނޮވެމްބަރ 2024 އިން ފެށިގެން 30 ނޮވެމްބަރ 2024 ގެ ނިޔަލަށް ހަވީރު 16:00 ން ފެށިގެން 18:00 އަށް ސްކޫލަށް ދޫކުރެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އަދި މީގެއިތުރުން، އެހެންފަރާތްތަކުން ދަނޑު ހޯދުމަށް ކުރިންވެސް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކައުންސިލްގެ ކައުންޓަރަށް ވަޑައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
12 ޖުމާދަލްޢޫލާ 1446
14 ނޮވެންބަރު 2024

14 ނޮވެންބަރު 2024