ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2024/56
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 26 ނޮވެންބަރު 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހަށް ޚާއްޞަކޮށްގެން ކާބޯތަކެތި ހެއްދުމަށް ބޭނުންވާ ވަގުތީ ދަނޑުބިން ދޫކުރުން

އެހެނިހެން އަހަރުތަކެކޭވެސް އެއްފަދައިން ބަރަކާތްތެރި ރަމަޟާން މަހަށް ކަރާ ހެއްދުމަށް 5000 (ފަސްހާސް) އަކަފޫޓުގެ 10 ދަނޑު ވަގުތީގޮތުން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިދަނޑުތައް ދޫކުރާނީ 2024 ޑިސެންބަރު 01 (އެކެއް) ވަނަ ދުވަހުން ފެށިގެން 2025 ޖޫން 01 (އެކެއް) ވަނަ ދުވަހުގެ ނިޔަލަށް 6 (ހައެއް) މަސްދުވަހަށެވެ. ދަނޑުތައް ދޫކުރާ ސަރަހައްދުތަކަކީ :

  1. ވެލި ގޭ ކުރިމަތީގައި އޮތް ހުސްބިމުން
  2. ހުވަނދު ގޯތީގެ ކުރިމަތީގައި އޮތް ހުސްބިމުން
  3. ނަރުދަމާ ނިޒާމުގެ  އިރުން އޮތް ހުސްބިމުން
  4. ތުޑި އާއި ދިމާލު ހިއްކި ސަރަހައްދުން

ވީމާ މަތީގައި ދަންނަވާފައިވާ ބޭނުމަށް ދަނޑުބިން ބޭނުންވާ ބޭފުޅުން 2024 ނޮވެންބަރު 26 ވަނަދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ދަނޑުބިން ދޫކުރުމުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

14 ޖުމާދުލްއާޚިރު 1446

12 ނޮވެންބަރު 2024

12 ނޮވެންބަރު 2024