މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2024/319
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 25 ނޮވެންބަރު 2024 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ިމިނިސްޓްރީން ދޭ ނަމޫނާ އާއި އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތާއި ހެލްތުގެ ދަށުން މަސައްކަތް ކުރާ ޑިޕާރޓްމަންޓްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ކެޝުއަލް ޓީޝާޓް ފަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

 މިމިނިސްޓްރީން ދޭ ނަމޫނާ އާއި އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތާއި ހެލްތުގެ ދަށުން މަސައްކަތް ކުރާ ޑިޕާރޓްމަންޓްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ކެޝުއަލް ޓީޝާޓް ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2024/304 (23 އޮކްޓޯބަރ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 1 ޑިސެމްބަރ 2024 އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 ނޮވެމްބަރ 2024 ވާ ބުދަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި، އަދި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

12 ޖުމާދަލްއޫލާ 1446

 

14 ނޮވެންބަރު 2024