ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/406
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 22 ނޮވެންބަރު 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮންއެއަރ އޮޕަރޭޓަރ (ރޭޑިއޯ)

މަޤާމް :އެސިސްޓެންޓް އޮންއެއަރ އޮޕަރޭޓަރ (ރޭޑިއޯ)
ބޭނުންވާ އަދަދު :1

މަޤާމް

އެސިސްޓެންޓް އޮންއެއަރ އޮޕަރޭޓަރ (ރޭޑިއޯ)

މަޤާމުގެ ރޭންކް

L9 – F1 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

އޮން-އެއަރ އޮޕަރޭޝަން އެންޑް އާރކައިވް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

  • -/6,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ސީ" ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:- ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން "ސީ" ގްރޭޑަށްވުރެ މަތިން ފާސްވެފައިވާ ފަރާތްތަކަށް ތަޖްރިބާ ނެތްކަމުގައިވިޔަސް ޝަރުތު ފުރިހަމަވާނެއެވެ

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • މައިކްރޯސޮފްޓް ޕެކޭޖްގެ އެޕްލިކޭޝަންތައް (ޕަވަރ ޕޮއިންޓް، އެކްސެލް، ވޯޑް) ބޭނުންކުރަން އެނގުން.
  • މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަރާތަކަށްވުން.
  • ދަންވަރު ގަޑި ހިމެނޭގޮތަށް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ކުންފުނީގައި މަސައްކަތްކުރާ އުސޫލުގެ މަތިން ހަފްތާގެ 06 ދުވަހު، ދުވާލަކު 08 ގަޑިއިރު މަސައްކަތްކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ހާޟިރުވާން އޮންނަ ގަޑިއަށް ހާޟިރުވުން.
  • ކޮންމެ ދުވަހަކު ވަޒީފާގެ މަސްއޫލިއްޔަތުގެ ދަށުން ކުރަންޖެހޭ އެންމެހަ މަސައްކަތްތައް ރާވާ ހިންގުން.
  • ރޭޑިއޯ ޗެނަލްތަކުގެ ކޮންޓިނިއުޓީ ސްޓޫޑިއޯތައް ޝެޑިއުލް ކުރެވިފައިވާގޮތައް އޮޕަރޭޓުކޮށް ޕްރޮގްރާމުތައް އޮންއެއާރ ކޮއްދިނުން.
  • އޮޕަރޭޓަރުންނަށް ހެދިފައިވާ އެސްއޯޕީއާއި އެއްގޮތަށް މަސައްކަތްކުރުން.
  • ސައުންޑް އެންޑް އައުޓުޑޯ ބްރޯޑްކާސްޓިންގ ޔުނިޓުން ނުވަތަ އެމްސީއާރުއިން ލައިވް އިވެންޓެއްގެ އޯޑިއޯ ސިގްނަލް އެއް ޓެސްޓުކުރަން ގުޅައިފިނަމަ އޯޑިއޯ ސިގްނަލްޓެސްޓް ކުރުން. އޯޑިއޯ ސިގްނަލް ޓެސްޓުކުރުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، އަޑުގެ ކޮލިޓީ ގެ ތަފްސީލް އެފަރާތަށްދީ ސުޕަވައިޒަރަށް އެކަން އަންގައި އެމައްސަލަ ހައްލުކުރުން.
  • އޮންއެއާރ ކުރުމުގެ ކުރިން ލައިވް ކުރާ އިވެންޓުތައް އެހެނިހެން ޕްރޮގްރާމްތަކާއި އެއްގޮތަށް ޝެޑިއުލް ކުރެވިފައި ވޭތޯ ބަލައި ޗެކުކުރުން.
  • ސްޓޫޑިއޯތަކުގެ ރޭޑިއޯ ބްރޯޑްކާސްޓިންގ އިކުއިޕްމަންޓްތައް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތައް ބެލެހެއްޓުން.
  • ޕްރޮގްރާމްތައް އޮންއެއާރ ކުރުމުގައި ޕްރޮގްރާމް ޑިޕާޓްމަންޓުން ހަދާފައިވާ އުސޫލުތަކާއި އަދި ޑިއުޓީ ޕްރޮޑިއުސަރެއްގެ ލަފާގެ މަތިން އޮންއެއާރ ކޮށްދިނުން.
  • އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި އަދި ޕީއެސްއެމްގެ ޤަވާއިދުތަކާއި ޚީލާފު އެއްވެސް ކޮންޓެންޓެއް އޮންއެއާރ ނުކުރުން.
  • ސްޓޫޑިއޯގެ އޮންއެއަރ އޮޕަރޭޓަރެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ޕްރޮގްރާމްތައް އޮޓޯމޭޓް ކުރުމަށް އޮޓޮމޭޝަން ހަދައި އަދި ޗެކްކުރުން.
  • ޑިއުޓީގަޑީ ގައި ކުރެވޭ ހުރިހާ މަސައްކަތެއްގެ ތަފްސީލުތައް ޔައުމިއްޔާގައި ލިޔުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް ކުރިއެރުވުމަށްޓަކައި ޕީއެސް އެމް އިން ކަނޑައަޅާ ކޯސް، ސެމިނާރ، ވޯކްޝޮޕާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައް އަދި ސެކްޝަނުން ރާވާ މީޓިންތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 22 ނޮވެންބަރ 2024 ވަނަ ދުވަހުގެ މެންދުރު  12:00ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228، 3000207 އާއި ގުޅުއްވުން އެދެމެވެ.

             

14 ނޮވެންބަރު 2024