ކުއްޔަށް ހިފުން
ނަންބަރު: 116-F40/IFB/2015/28
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 15:56
ސުންގަޑި: 16 ޖުލައި 2015 11:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކުނިއުކާ ދޯންޏެއް ކުއްޔަށް ހިފުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

ކުނިއުކާ ދޯންޏެއް ކުއްޔަށް ހިފުމާ ބެހޭ

މިކުންފުނިން އުކާލަންޖެހޭ ކުނި ތިލަފުށްޓަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް 01 އަހަރު ދުވަހުގެ މުއްދަތަކަށް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ 09 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިކުންފުނީގެ އިދާރީ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާއި ބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލަައި 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި އެވެެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަންތައް ދިރާސާކުރުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި، ބިޑް އެވޯޑްކުރެވޭނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266/ 3337279، ފެކްސް 3331772، އީމެއިލް [email protected]، ވެބްސައިޓް: www.macl.aero

02 ޖުލައި 2015