ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CD5/471/2024/147
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 21 ނޮވެންބަރު 2024 12:00
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީނިއަރ ޕްލޭނިންގ އެނަލިސްޓް

އިޢުލާން

މިނިސްޓްރީގެ ނަންބަރ (IUL)471-CD5/471/2024/134  (23 އޮކްޓޫބަރު 2024) ގެ ޢިއުލާނަށް ޝަރުތުހަމަވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން ޢިއުލާނުކުރީމެވެ.

މަޤާމް:

ސީނިއަރ ޕްލޭނިންގ އެނަލިސްޓް                                          

މަޤާމުގެ ނަންބަރު:

J-397952                                                      

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް / ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ކޯޑިނޭޝަން ސެކްޝަން / ގަވަރނަންސް ޔުނިޓް                                                         

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ (މަހަކު) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ  %28 (މަހަކު).
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ކޯޑިނޭޝަން ސެކްޝަން ހެޑްގެ ލަފަޔާއި އިރުޝާދުގެ ދަށުން ގަވަރނަންސް ޔުނިޓްގެ އިދާރީ މަސައްކަތްތައް ރާވާހިންގުމުގައި އެހީތެރީވެ މަސައްކަތްތައް ކުރުމުގެގޮތުން ގަވަރނަންސް ސެކްޓަރގެ މަސައްކަތްތައް ކަމާ ބެހޭފަރާތްތަކުގެ މަޝްވަރާއާއި އެކު ރާވާ، ވޯކްޕްލޭން އެކުލަވާލުމާއި ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުމާއި، އަހަރު ރިޕޯޓް ތައްޔާރުކުރުން އަދި މި މަސައްކަތް މޮނިޓަރކުރުމުގައި އެހީތެރިވެ، ޔުނިޓްގެ މުވައްޒަފުންގެ ތަމްރީން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، ތަމްރީންތަކުގައި ބައިވެރިވެ، ބައްދަލުވުންތަކުގައި ޔުނިޓްގެ ފަރާތުން ބައިވެރިވެ، އިންޕުޓްދިނުން އަދި ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ސެކްޝަންގެ ހެޑް ނެތް ހާލަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން އެ ސެކްޝަންއާ ހަވާލުވެ ޔުނިޓްގެ އިދާރީ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރކުރުމާއި ހަރުދަނާކުރުމަށް ބޭނުންވާނެ ކަންކަން ފާހަގަކޮށް އެކަންކަންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ ކަންކަން ސެކްޝަނުގެ ހެޑްއާއެކު ރޭވުން
  2. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ ގޮތުން ރާއްޖެއާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ބަލައި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން/ފްރޭމްވޯރކް އެކުލަވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުގެ މަޝަވަރާއާއި ލަފަޔާއެކު އެކުލަވާލުމުގެ މަސައްކަތްކުރުން އަދި ސެކްޓޯރަލް (ސޯޝަލް، އިކޮނޮމިކް، ގަވަރނަންސް، ތިމާވެށި އަދި އިންފްރާސްޓްރަކްޓަރ) މާސްޓަރ ޕްލޭންތަކާއި ސްޕޭޝަލް ޕްލޭންތައް، ސަރަޙައްދީ ޕްލޭންތައް، އަތޮޅު ޕްލޭންތައް، ރަށު ޕްލޭންތައް، ސަރުކާރުތަކުގެ މެނިފެސްޓޯތައް، އެސް.އޭ.ޕީތައް އަދި މިނޫންވެސް އެކިއެކި ސްޓްރެޓިޖިކް ޕްލޭންތަކާއި އެސް.ޑީ.ޖީސްގެ ލަނޑުދަނޑިތަކާއި އެހެނިހެން ބައިނަލްއަޤްވާމީ ގޯލްތައް ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި އެލައިންކުރެވިފައިވޭތޯ ކަށަވަރުކުރުން އަދި ޤައުމީ ތަރައްޤީގެ ޕްލޭންގައިވާ ކަންކަން ހާސިލްވާ މިންވަރު ބެލުން އަދި ޤައުމީ ތަރައްޤީގައި އިސްކަންދޭނެ ދާއިރާތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއިއެކުކޮށް، ބޭރުގެ އެހީއާއި ބަޖެޓް އެކުލަވާލުމުގައި މިކަމަށް ރިޔާއަތްކޮށް ލަފާދިނުމާއި ޤައުމީ ތަރައްޤީ އަދި އިންޓަވެންޝަންސް ބައްޓަންކުރުން އަދި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންއެކުލަވާލުމުގައި އިންޕުޓް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމިއްޔާތަކާއިއެކު ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ނޭޝަނަލް ޕްލޭނިންގ ޑިވިޝަން އާއި ގުޅުންހުރި ދާއިރާތަކުގެ މަސައްކަތް ކުރުން އަދި ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ސެކްޓަރތަކުގެ ސްޓްރެޓަޖީ/އިންޑިކޭޓަރ ތައް ރިވިއުކޮށް ރިޕޯޓުކުރުމުގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތާއި ޑޭޓާ ހޯދައި ރިވިއު އެންޑް ރިޕޯޓިންގ ސެކްޝަނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމާއި ނޭޝަނަލް ޕްލޭނިންގ އެކްޓްގެ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުންކުރުން.
  3. ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއިއެކު ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) އަދި އެހެނިހެން ބައިނަލްއަޤްވާމީ ގޯލްތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލްވަމުންދާ މިންވަރު ބެލުމަށް މޮނިޓަރިންގ ފްރޭމްވޯކްއެއް އެކުލަވާލައި ސެކްޓަރތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި އެސް.ޑީ.ޖީސްއާއި ގުޅިގެން ރާއްޖެ އާއި ރޭއްޖޭން ބޭރުގައި ބާއްވާ ވޯކްޝޮޕް/ސެމިނަރ/ ވެބިނަރ/ މީޓިންގތަކުގައި ރާއްޖެ ތަމްސީލްކޮށް މަޢުލޫމާތު ހިއްސާކޮށް އެސް.ޑީ.ޖީސް ހާސިލްކުރުމަށް ބޭނުންވާ ފަންޑިންގ ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ އެޖެންސީތަކާއި އަމިއްލަ ފަރާތްތަކުން ހޯދުމުގެ މަސައްކަތް ކުރުން އަދި އ.ދ ގެ އެޖެންސީތަކުން ރާއްޖޭގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސްތަކާއި ގުޅިގެން ހަދާ ރިޕޯޓްތަކަށް ކޮމެންޓްކުރުމާއި އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުގެ މަސައްކަތް ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުންކުރުން.
  4. ސަރުކާރާއި މިނިވަން މުއައްސަސާތައް، ޖަމިއްޔާތައް، އާންމު ފަރުދުންނާއި ޕްރައިވެޓް ސެކްޓަރ، އެކަޑީމިއާ އަދި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ކަށަވަރުކުރުމުގެ ގޮތުން ޤައުމީ ތަރައްޤީ  ބައްޓަންކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި އަމިއްލަ ޖަމާޢަތްތަކުގެ ދައުރު ފާހަގަކޮށް އެފަރާތްތަކުގެ ލަފާ ހޯދުން އަދި ރަށު ލެވެލްގަޔާއި އަތޮޅު ލެވެލްގައި މި ލަނޑުދަޑިތަކަށް ވާސިލްވުމަށް ކުރެވޭނެ ކަންތައްތަކުގެ ތަމްރީން ދިނުމާއި އެސް.ޑީ.ޖީސް އާއި ބެހޭގޮތުން ހަދާ ރިޕޯޓްތަކަށް ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދުމުގައި ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  5. ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޭމްވަރކް އަދި ނޭޝަނަލް އަރބަން ޕޮލިސީ ފޯމިއުލޭޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުމުގެ ގޮތުން ސަރަހައްދީ ތަރައްޤީ ބައްޓަން ކުރުމަށް ސިޔާސަތު ކަނޑައެޅުމާއި ޤައުމީ ލެވެލްގައި ސެކްޓަރތަކުގެ ލެވެލްގައާއި، ވަކި ވަކި ސަރަހައްދު، ފިޒިކަލް ޕްލޭނިންގ އަދި ސްޕޭޝަލް ޕްލޭން އަދި އައިލެންޑް ލެވެލްގެ ޕްލޭންތަކުގައި ރީޖަނަލް ޑިވެލޮޕްމަންޓް ގެނެވޭނެ ގޮތުގެ މަގު ފަހިކުރުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އިރުޝާދު ހޯދައި ޤައުމީ ތަރައްޤީގެ ޕްލޭންއާއި ރީޖަނަލް ޑިވެލޮޕްމަންޓް ޕްރޭމްވަރކް އެލައިންކޮށް އެކި ސިޔާސަތުތައް/ ސްޓެރަޓަޖީތައް މޮނިޓަރ ކުރުމުގެ ފްރޭމްވޯކްއެއް އެކުލަވާލައި މޮނިޓަރކުރުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް ހުރަހެއް ދިމާވާނަމަ އެކަމެއް ހައްލުކުރުމަށް ލަފާދިނުމާއި އެހެނިހެން ސެކްޓަރތަކުގެ އިންޕުޓް ހޯދުމުގައި ސެކްޝަން ހެޑްގެ ލަފާޔާއި އިރުޝާދުގެ ދަށުން މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

    1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

    2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- އާކިޓެކްޗަރ 

- ބިޒްނަސް އެޑްމިނިސްޓްރޭޝަން 

- ބިޒްނަސް މެނޭޖްމަންޓް 

- ޑިވެލޮޕްމަންޓް ސްޓަޑީޒް

- ގަވަރނަންސް 

- އިންޓަނޭޝަނަލް ރިލޭޝަންސް

- ޕޮލިޓިކަލް ސައިންސް

- ޕްރޮޖެކްޓު މެނޭޖުމަންޓު

- ޕަބްލިކް އެޑްމިނިސްޓްރޭޝަން 

- އަރބަން ޕްލޭނިންގ

- އާބަން ސްޓަޑީޒް

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

-  އިންޓަނޭޝަނަލް ރިލޭޝަންސް

-  ޑިވެލޮޕްމަންޓް ޕްލޭނިންގ

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

- ޑިވެލޮޕްމަންޓް ސްޓަޑީޒް

- ގަވަރނަންސް 

- އިންޓަނޭޝަނަލް ރިލޭޝަންސް

- ޕޮލިޓިކަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

   (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގް ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

    (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

މި މަޤާމަށް އައްޔަންކުރެވޭނީ، އަންނަވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. އިންޓަވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލު ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން؛ އަދި
  2. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު, އިމްތިހާން  އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 ނޮވެންބަރު 2024 އާއި 24 ޑިސެންބަރު 2024 އާއި ދެމެދު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓް/ ދިވެހިސަރުކާރުގެ ގެޒެޓް ގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020755 ނަންބަރު ފޯނަށް ނުވަތަ 3020775 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 ނޮވެންބަރު 2024