ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/224
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 19 ނޮވެންބަރު 2024 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ (ޑްރާފްޓްސްމަން)

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ (ޑްރާފްޓްސްމަން)

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/9,020ރ އާއި -/14,010ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އާކިޓެކްޗުރަލް ޑްރާފްޓިންގް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ  މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އާކިޓެކްޓުން އަދި އިންޖިނިއަރުންގެ ލަފާގެ މަތިން، އޮޓޯކޭޑް ބޭނުންކޮއްގެން ޕްރޮޖެކްޓް ތަކަށް ބޭނުންވާ ކުރެހުންތައް ޑްރާފްޓްކޮށް ތައްޔާރުކުރުން.
  • ދާއިރާގެ ވެރިން އަންގާ ގޮތުގެ މަތިން އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅޭ ބީ.އޯ.ކިޔު ތަށްޔާރުކުރުމުގައި ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޮންޓްރެކްޓަރާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި އަދި ޕްރޮޖެކްޓްތަކުގެ ޑިޒައިނަ ށް ގެންނަން ބޭނުންވާ ބަދަލުތައް ދެނެގަނެ އެބަދަލުތައް ދާއިރާގެ ވެރިން އަންގާ ގޮތުގެ މަތިން  ގެނައުން.
  • ޕްރޮޖެކްޓްތަކުގެ ޑިޒައިންގައި ހުންނަ ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަނެ އިންޖިނިއަރުންނާއި މަޝްވަރާކޮއްގެން އެކަންކަން ހައްލު ކުރުން.
  • ޕްރޮޖެކްޓް ސައިޓް ތަކަށް ދިއުމާއި އަދި ޕްރޮޖެކްޓް ތަކާ ގުޅޭ ކުރެހުންތަކަށް ބޭނުންވާ މައުލޫމަތު ހޯދުން.
  • ދާއިރާއާ ގުޅުންހުރި ޑިޕާރޓްމަންޓްގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

19 ނޮވެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 19 ނޮވެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

12 ޖުމާދަލްއޫލާ 1446

14 ނޮވެންބަރު 2024

14 ނޮވެންބަރު 2024