ނީލަން
ނަންބަރު: (IUL) 306/306/2024/53
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 26 ނޮވެންބަރު 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް އިން ނަގާފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ:-

އިޢުލާން

ނީލަން ކިޔުން

       ކައުންސިލް ބެލުމުގެ ދަށުން ހިންގާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އިން ނަގާފައިވާ ބައުވެ ހަލާކުވެފައިވާ ތަކެތި، ދުވަހު ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ނީލަން ކިޔުމަށް ކަނޑައަޅާފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 5 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާ ގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިނީލަމުން ތަކެތު ނަންގަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރު 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް މި ކައުންސިލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2024