ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)423/423/2024/82
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:22
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތީގެ މިންތަކަށް ބަދަލު ގެނައުމާ ގުޅޭ

އިޢުލާން

ބަންޑާރަ ގޯތީގެ މިންތަކަށް ބަދަލު ގެނައުމާ ގުޅޭ    

           ދަޢުލަތުން ރައްޔިތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯއްޗަކީ އެގޯއްޗެއް ކަނޑުއްވާ ދުވަހުން ފެށިގެން ވަކި މިންތަކެއް ހަމަޖެހިގެން ވަކި ވަރެއްގެ އަކަފޫޓެއް ހިމެނޭ ގޮތަށް، ކަނޑުއްވައި ދެއްވައި އަދި އެމިންތަކަށް ގޯތީގެ ރަޖިސްޓްރީ ހައްދަވައި ދެއްވައިފައިވާ ގޯތި ތަކެކެވެ. މިގޮތަށް ދޫކޮށްފައިވާ ގޯތީގެ އިމަށް ބަދަލު ގެނައުމާއި ގޯއްޗަށް ބިން އިތުރު ކޮށްދިނުމަކީ ޤާނޫނީ ގޮތުން އެއްވެސް އިރެއްގައި ކުރެވޭނެ ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ބިމާއި ބޭހޭ ޤާނޫނާއި ޤަވާއިދު ތަކުން އެނގޭ ކަމަށާއި އަދި ބިމާއި ބެހޭ ޤާނޫނު ވުޖޫދު ވުމުގެ ކުރިންވެސް ޢަމަލު ކުރަމުން އަންނަ ޤާނޫނު ތަކަށް ރިޢާޔަތް ކުރުމުން ވެސް މިއީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން ސާފު ކޮށް އެގެން އޮތް ކަމަށް ދިވެހިރާއްޖޭގެ ބަންޑާރަ ނައިބު 2017 ވަނަ އަހަރު ފަރެސްމާތޮޑާ ކައުންސިލަށް ޤާނޫނީ ލަފާ ދެއްވާފައި ވެއެވެ. މިދެންނެވި ލަފާފުޅުގެ މައްޗަށް ބިނާކޮށް ފަރެސްމާތޮޑާ ކައުންސިލުން ނިންމާފައިވަނީ އެއްވެސް ގޯއްޗަކަށް އެއްވެސް މިންވަރަކަށް ގޯތި ދޫކުރި އިރު އޮތް މިނަށް ވުރެއް އިތުރަށް ބިން އިތުރުކޮށް ނުދިނުމަށެވެ. އަދި ކުރީގެ ކައުންސިލް ތަކުން މިގޮތަށް ގޯތިތަކަށް ބިން އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތް ތަކުން ގޯތީގެ އިމަށް ބަދަލު ގެނައުމަށް މިކައުންސިލަށް ހުށަހެޅި ކަމުގައިވިޔަސް މިކަން ކޮށްދެވެން ނެތް ވާހަކާ އެންމެހާ ފަރާތްތަކުގެ މައުލޫމަތަށްޓަކައި ދެންނެވީމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ނޮވެންބަރު 2024