މަސައްކަތް
ނަންބަރު: (IUL)438-CCD/438/2024/520
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 28 ނޮވެންބަރު 2024 10:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރާއްޖޭގެ ދެވަނަ އަދި ތިންވަނަ ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯޓު މަޝްރޫޢުތައް އެކުލަވާލުމުގެ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓަންޓަކު ހޯދުމަށް

 

"ބައެނިއަލް ޓްރާންސްޕޭރަންސީ ރިޕޯރޓް "(ބީ.ޓީ.އާރް) ޕްރޮޖެކްޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫ.އެން. އެންވަޔަރަންމަންޓް) އާއި ގުޅިގެން ކުރިއަށް ގެންދާ ޕުރޮޖެކްޓެކެވެ.

މިގޮތުން މިމަޝްރޫއުގެދަށުން ތައްޔާރުކުރާ ރާއްޖޭގެ ދެވަނަ އަދި ތިންވަނަ ބައިއެނިއެލް ޓްރާންސްޕޭރަންސީ ރިޕޯޓު މަޝްރޫޢުތައް އެކުލަވާލުމުގެ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެ ކޮންސަލްޓަންޓަކު ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މި މިސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2024 ނޮވެމްބަރު 20 ވަނަ ދުވަހުގެ 00:12 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 2024 ނޮވެމްބަރު 21 ވަނަ ދުވަހު އެރުވޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2024 ނޮވެމްބަރު 28 ވަނަ ދުވަހު 10:00  ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2024 ނޮވެމްބަރު 28 ވަނަ ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

“Do not Open Before 28th November at 10:05 hrs – Recruitment of consultant for the Project Formulation of the Maldives’ Second and Third Biennial Transparency Report to the United Nations Framework Convention on Climate Change–(IUL)438-CCD/438/2024/520and the submitting party’s name and address

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

އީމެއިލް ކޮޕީ: [email protected]

ވެބްސައިޓް: www.environment.gov.mv

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
 

ނޯޓް: ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

14 ނޮވެންބަރު 2024