ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2024/111
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 20 ނޮވެންބަރު 2024 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ބިންތަކެއް ބަލަހައްޓާދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

މިކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް މިދަންނަވާ 5 ބިން ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

1.  ދޫކުރާ ބިންތައް:

1.1. މަސްޖިދުލް ޒަހުރާ ގޯތި

1.2. މަސްޖިދުލް ނޫރު ގޯތި

1.3. އުރީދޫ ސައިޓްގެ ދެކުނުފަރާތުގެ ބިން

1.4. އުރީދޫ ސައިޓްގެ އުތުރުފަރާތުގެ ބިން

1.5. އަންހެނުންގެ ދަނޑުގެ ދެކުނަށް ހަނޑިދުށްމަގާ އިންވެގެން އޮތް ހުސްބިން

2.  މުއްދަތު: 5 އަހަރު

3.  މަސައްކަތުގެ ތަފުޞީލު: ޙަވާލުވާ ބިމާއި ބިމާ އިންވެގެން އޮންނަ މަގުގެ އެއްފަޅި ކުނިކެހުމާއި، ވިނަނޮޅުމާއި، ކޮށަންޖެހޭ ގަސްތައް ކޮށުމާއި، ކުނިއުކުމާއި، އެތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

4.  ބިން ބޭނުންކުރުން:

އެގްރިމެންޓްގައިވާ މުއްދަތުގައި އެކިއެކި މަސައްކަތްތައް ކުރުމަށް ބިން ޙަވާލުވާ ފަރާތަށް ބިން ބޭނުން ކުރެވޭނެއެވެ.

5.  ބިން ޙަވާލުކުރާނެ ފަރާތް ހޮވުމުގައި ޢަމަލު ކުރާނެ އުޞޫލު:

5.1 މަހަކަށް ހުށަހަޅާ ފީ %70

5.2 މަސައްކަތުގެ ޕްރޮޕޯސަލް (ފޯމުގައި މިބައި ހިމެނިފައިވާނެ) (ބިމުގައި ކުރާނެ މަސައްކަތްތަކުގެ ތަފްސީލް ހިމަނަން ވާނެ (މިސާލު: ގުދަންކުރުން/ ބޭސް ނުޖަހާ ކުރާ ދަނޑުވެރިކަން)) %30

6. ހުށަހަޅަންޖެހޭ ތަކެތި

6.1 އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ފޯމް

6.2 އައިޑީ ކާޑުގެ 2 ފުށުގެ ސާފު ކޮޕީ

7.  ފޯމު ހުށަހެޅުން:

7.1 ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

7.2 ތާރީޚް: 20 ނޮވެންބަރ 2024  ވާ ބުދަ ދުވަހުގެ މެންދުރުކުރި 11:00

7.3 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީއާއި އެކަމަށް އެދޭ ސިޓީ ހުށައަޅަން ވާނެއެވެ. އަދި، ފޯމު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

8. ސިޓީއުރަ ކެނޑުން އޮންނާނީ މިކަމަށް އެދި ފޯމު ހުށައަޅާ ހުރިހާ ބޭފުޅުންގެ ހާޒިރުގައެވެ.

 11 ޖުމާދަލްއޫލާ 1446 ހ

 

13 ނޮވެންބަރު 2024