ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރު ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް.
2025 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، 2025ވަނަ އަހަރުގެ ޖެނުއަރީ 01 އިން 2025 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން ސްކޫލްއޮފީހަށް ދުރުވެ ނުވަތަ މި ސްކޫލުގެ މެއިލް އެޑްރެހަށް ([email protected] ) ފޮނުއްވައި ނުވަތަ މި ސްކޫލުގެ 6700026 ނަންބަރާއި ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ.
14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 14:00 އާއި ދެމެދު ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތު ވަނީހުޅުވާލެވިފައެވެ. ނަންނޯޓް ކުރެއްވުމަށްފަހު ތިރީގައި މިދަންނަވާ ގޮތުގެ މަތިން މައުލޫމާތު ސާފު ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތާރީޚް |
ދުވަސް |
ތަފްސީލް |
ގަޑި |
ތަން |
27 ނޮވެމްބަރ 2024 |
ބުދަ |
މަޢުލޫމާތު ސާފްކުރުން |
10:30ހެނދުނު |
ވ.އަތޮޅު ތަޢުލީމީ މަރުކަޒު |
03 ޑިސެމްބަރ 2024 |
އަންގާރަ |
އަންދާސީ ހިސާބްހުށަހެޅުން |
13:00މެންދުރު |
ވ.އަތޮޅު ތަޢުލީމީ މަރުކަޒު |
- މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ނަން ނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
- ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން އަންގަވަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިދަންނަވާ ނަންބަރަށް ( 9704428 ، 9825305 ) 14 ނޮވެމްބަރ 2024އިން 27 ނޮވެމްބަރ 2024އާއި ދެމެދު ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މި ސްކޫލުގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ.
- މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.