ބީލަން
ނަންބަރު: (IUL)372-A1/372/2024/49
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 17:31
ސުންގަޑި: 24 ނޮވެންބަރު 2024 13:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާއަށްޓެއް އިމާރާތްކުރުން:

އިޢުލާން

ފ. މަގޫދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާއަށްޓެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން:

ފ.މަގޫދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާއަށްޓެއް ޑިޒައިންކޮށް އިމާރާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: IUL 372-A1/372/21  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތައް އަމިއްލަ ތަކެތީގައި ބަނދަރު ސަރަޙައްދުގައި މަސްކަނޑާއަށްޓެއް އިމާރާތްކުރުމުގެ މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ނޮވެންބަރު 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ފޯމް ފުރުއްވުމަށްފަހު [email protected] ށް މެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ކުރިން މި ބީލަމުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް އަލުން ރެޖިސްޓްރީވުމަކާއި ނުލައި ބީލަމުގައި ބައިވެރިވުމު ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން ލިޔަންވާނެއެވެ.

އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ

އެކައުންޓް ނަންބަރ: 7730000042894

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

2024 ނޮވެންބަރު 24 ވަނަ ދުވަހުގެ 13:00 ށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެންބަރު 24 ވަނަ ދުވަހުގެ 13:05 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.

މި އިދާރާއަށް ދުރުވެ ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ. މަގޫދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާއަށްޓެއް އިމާރާތްކުރުން/ (އިޢުލާން

ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

‏12‏ ޖުމާދަލްއޫލާ‏ 1446

‏13‏ ނޮވެމްބަރ‏ 2024

13 ނޮވެންބަރު 2024