ވަޒީފާގެ ފުރުޞަތު
ނަންބަރު: 116-A30/IL/2015/39
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 12 ޖުލައި 2015 16:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ (ޓްރެއިނީ)

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ (ޓްރެއިނީ)

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: ތިމަރަފުށި އެއަރޕޯޓް، ތ. ތިމަރަފުށި  

މަޤާމު: އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ސަރވިސަސް އޮފިސަރ (ޓްރެއިނީ)   

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: އިފުރު އެއަރޕޯޓް، ރ. އިފުރު

ޝަރުތު:

  • ޖީ.ސީ.އީ އޯލަވަލް އިމްތިޙާން އިން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އެސް.އެސް.ސީ އިމްތިހާން އިން ދިވެހިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުން.
  • 21 އަހަރު ފުރިފައިވުން.

މުސާރަ އާއި އިނާޔަތްތައް: މަހަކު -/10,000 – އާއި -/10,200 ރުފިޔާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ވައިގެ ބަނދަރު ބޭނުންކުރާ މަތިންދާބޯޓް ފަހަރުތަކާއި މުޢާމަލާތުކޮށް، ރައްކާތެރި ކަމާއެކު މަތިންދާބޯޓަށް ޚިދުމަތް ދިނުން.
  • މުވާސަލާތީ އާލަތްތައް ބޭނުންކޮށްގެން މަތިންދާބޯޓް ފަހަރުތަކަށް މޫސުމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  • ޖައްސާ އަދި ފުރާ މަތިންދާބޯޓަށް ވާއިގެބަދަރުގެ ހާލަތު އަންގައިދިނުން.
  • ރަންވޭއާއި ރަންވޭ ވަށައިގެންވާ ސަރަހައްދު އިންސްޕެކްޓް ކުރެވުނުތޯ ބަލައި ލޮގްކުރުން.
  • އެއިރޯޑްރޯމް ފްލައިޓް އިންފޮރމޭޝަން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރާ ހުރިހާ މަސައްކަތެއްގައިވެސް ސޭފްޓީއަށް އެންމެ އިސްކަންދީގެން މަސައްކަތްކުރުމާއި މަތިންދާބޯޓުފަހަރަށާއި އަދި އެއަރޕޯޓުގައި ދިމާވާ ތަފާތު އެކިއެކި އިމަރޖެންސީތަކުގައި އެހީތެރިވުން.
  • ފްލައިޓް މޫވްމެންޓް އަދި އެޓެންޑެންސް ރިޕޯޓު އޭޓީއެސް މެނޭޖްމެންޓަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ނޯޓް: ސިޓީގައި މަސައްކަތްކުރަން ބޭނުންވާ އެއަރޕޯޓް ހިމަނަންވާނެއެވެ. އިންޓަރވިއު އޮންނާނީ ތިމަރަފުށި އަދި އިފުރު އެއަރޕޯޓްގައެވެ. އެއަރޕޯޓް ހިމެނޭ ރަށާއި އެއަރޕޯޓް ކައިރި ރަށްތަކުގެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރިމަތިލުމުގެ ސުންގަޑި: 12 ޖުލައި 2015 ވަނަ ދުވަހުގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު – 7774575/ 3325511

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

12 ރަމަޟާން 1436 

29 ޖޫން 2015