ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)369-AS/369/2024/50
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 19 ނޮވެންބަރު 2024 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މަޑުއްވަރީ ލޭންޑް ޔޫސް ޕްލޭނަށް ޚިޔާލު ނުވަތަ ކޮމެންޓް ހުށަހެޅުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ އިދާރީ ދާޢިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ ބިނާވެށި ޕްލޭން (ލޭންޑް ޔޫސް ޕްލޭން) އެކުލަވާލުމުގެ މަސައްކަތާއި ގުޅިގެން، މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މ. މަޑުއްވަރީގެ "ޕްރޮޕޯސަލް ލޭންޑް ޔޫސް ޕްލޭން" އަށް ރައްޔިތުންގެ ޚިޔާލާއި ކޮމެންޓް ހުށަހެޅުމަށް ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މި އިޢުލާނުގައިވާ ގޮތުގެ މަތިން މިކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް

13 ނޮވެމްބަރ 2024 އިން 19 ނޮވެމްބަރ 2024 އަންގާރަ ދުވަހު 14:00 ގެނިޔަލަށް ޚިޔާލު ނުވަތަ ކޮމެންޓް ހުށަހެޅުމަށް މުލަކަތޮޅު މަޑުއްވަރީގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލަމެވެ.

ލޭންޑް ޔޫސް ޕްލޭނަށް ޚިޔާލު ނުވަތަ ކޮމެންޓް ހުށަހަޅުއްވާ ބޭފުޅުން އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ އެއްކަރުދާސްކޮށް ފޮނުވުމަށް ދަންނަވަމެވެ. އަދި މިގޮތަށް ފޮނުވާ ޚިޔާލު ނުވަތަ ކޮމެންޓްތަކަށް މިކައުންސިލުން ރިޢާޔަތްކޮށް ބެލުމަށްފަހު، ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ގެނެވެންހުރި ބަދަލުތަކެއް ގެނައުމަށް މިމަސައްކަތް ކުރުމަށް ހަވާލުވެފައިވާ ފަރާތައްފޮނުވޭނެކަމުގައި ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

13 ނޮވެންބަރު 2024