ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-CA/240/2015/51
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 24 ސެޕްޓެންބަރު 2015 14:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން.

އިޢުލާން

ލ. އަތޮޅުގައި ޢިލްމީގޮތުން ޤާބިލްޖީލެއް އުފައްދައި، އަތޮޅުގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށާއި، ދަރިވަރުންގެ މެދުގައި ކިޔެވުމާއި، ކިޔަވައިދިނުމުގެ ރޫޙު އިތުރުކޮށް ރަށުފެންވަރުގައާއި، އަތޮޅު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި، އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ވަނަތައް ހޯދުމަށް ވާދަކުރުމުގެ ރޫޙެއް އުފައްދައި އަދި އެފަދަ ތަނަވަސް މާޙައުލެއް ލ. އަތޮޅުގައި ޤާއިމްކުރުމުގެ މަގުސަދުގައި މި ކައުންސިލުން ބާއްވާ އެވޯޑްނައިޓްގައި ކައުންސިލްގެ ތައުލީމީ ސިޔާސަތުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު 29 ޖޫން 2015 އިން 24 ސެޕްޓެންބަރު 2015 އަށް ވަނީ ހުޅުވާލެވިފައެވެ.

1. އަތޮޅު ފެންވަރުގެ އިނާމު

"އަތޮޅުގެ ހިންމަތްތެރި ދަރިވަރު" ENDEAVOURING STUDENT 

2. ޤައުމީ ފެންވަރުގެ އިނާމު

ޤައުމީ ފެންވަރުގައި ދެވޭ މި އިނާމު ދެވޭނީ ދެ ކެޓަގަރީއަކުންނެވެ. އެއީ:

"އަތޮޅުގެ ތޫނުފިލި ދަރިވަރު" BRILLIANT STUDENT   - ޖީ.ސީ.އީ އޯ ލެވެލް ބައި

"އަތޮޅުގެ ތޫނުފިލި ދަރިވަރު" BRILLIANT STUDENT   - އެޑެކްސަލް އޭ ލެވެލް ބައި

3. ދުނިޔޭގެ ފެންވަރުގެ އިނާމު

"އަތޮޅުގެ ޝަރަފްވެރި ދަރިވަރު"  - HONOURED STUDENT ޖީ.ސީ.އީ އޯ ލެވެލް ބައި

"އަތޮޅުގެ ޝަރަފްވެރި ދަރިވަރު"  - HONOURED STUDENT އެޑެކްސަލް އޭ ލެވެލް ބައި

4. ސްކޫލްތަކަށް ދެވޭ އިނާމު

އަތޮޅުފެންވަރުގައި ދެވޭ މި އިނާމު ދެވޭނީ ތިން ކެޓަގަރީއަކުންނެވެ. އެއީ:

  1. "އައްޝައިޚު އެދުރު ޢުމަރު މާފަތް ކަލޭގެފާނު އެވޯޑު"
  2. "އަލްޚަތީބު މުޙައްމަދު ޝިރާޖުއްދީން އެވޯޑު"
  3. "އައްޝައިޚު ޙަސަން ތާޖުއްދީން އެވޯޑު"

5. މުދައްރިސުންނަށް ދެވޭ އިނާމު

އަތޮޅުފެންވަރުގައި ދެވޭ މި އިނާމު ދެވޭނީ ދެ ކެޓަގަރީއަކުންނެވެ. އެއީ:

"އަތޮޅުގެ ކާމިޔާބު އެދުރު"EXCELLENCE TEACHER

"އަތޮޅުގެ ޚިދުމަތްތެރި އެދުރު" BEST PERFORMANCE TEACHER

ވީމާ، މަތީގައި ދެންނެވިފައިވާ އެވޯޑުތަކަށް ނަންހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ސްކޫލްތަކުން އެވޯޑަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު        24 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމު މިކައުންސިލުންނާއި ރަށު ކައުންސިލްގެ އިދާރާތަކުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. މި އިއުލާނާއެކު ތައުލީމީ އިނާމު ދިނުމުގެ ސިޔާސަތު އާންމު ކުރީމެވެ.

           11 ރަމަޟާން 1436

28 ޖޫން 2015