ދިވެހިރާއްޖެ
ނަމްބަރ: (IUL)295-PL/295/2024/67
އިޢުލާން
ނ. ހޮޅުދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމާއި ގުޅޭ:
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަމްބަރ: (IUL)295-PL/295/2024/58 (29 ސެޕްޓެމްބަރ 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ލޯގޯ ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއެއް ކަނޑައަޅާ ރަމްޒީ އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯ ފަރުމާކޮށް ހުށަހެޅުމާ ބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއް ކަރުދާސްކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 1 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯ އަދި ލިޔުންތައް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ އަދި ލިޔުންތައް ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7945857 އަދި 7444118 ނަންބަރަށެވެ.
13 ނޮވެމްބަރ 2024