ދިވެހިރާއްޖެ
އިޢްލާން
ކޮޅުމަޑުލު ވޭމަންޑޫ '' މަސްޖިދުލް އީޘާރު '' މަރާމާތު ކުރުމުގެ މަސައްކަތްކުރުން.
ކޮޅުމަޑުލު ވޭމަންޑޫ މަސްޖިދުލް އީޘާރު މަރާމާތު ކުރުމުގެ މަސައްކަތް، ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތްކޮށް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާނަމަ، ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަސައްކަތާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް މެއިލް ކުރައްވާނީ [email protected] އަށެވެ.
ބީލަންވެރިން ރަޖިސްޓްރީ ކުރުން: |
14 ނޮވެމްބަރު 2024 އިން 20 ނޮވެމްބަރު 2024 ވަނަ ދުވަހުގެ 14:00 އަށް. |
ބީލަން ހުށަހެޅުމާއި، ހުޅުވުން: |
25 ނޮވެމްބަރު 2024 ވަނަދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައި، ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެއެވެ. މިގޮތުން ޙާޟިރުނުވެ ހުށަހަޅާ ހުށަހެޅުމެއް ބަލައި ނުގަނެވޭނެއެވެ. |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، މިއިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.