މަސައްކަތް
ނަންބަރު: (IUL)364-ESMS/364/2024/55
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 21 ނޮވެންބަރު 2024 10:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު މުލަކު މާރަނގަ ގެސްޓްހައުސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މުލަކަތޮޅު މުލަކު މާރަނގަ ގެސްޓްހައުސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ނޮވެންބަރު 13 އިން 2024 ނޮވެންބަރު 21  ވަނަދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://shorturl.at/Ijfm8

މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް 2024 ނޮވެންބަރު 21 ވަނަ ދުވަހުގެ 13:00ގައި ޕްރީ ބިޑް މީޓިންއެއް މުލަކު ކައުންސިލް އިދާރައިގައި އޮންނާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ނޮވެންބަރު 24 ވަނަ ދުވަހުގެ 13:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.   އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މުލަކަތޮޅު މުލަކުކައުންސިލް އިދާރާ

މ. މުލައް

 ފޯން:  9682182 / 6723713

 އީމެއިލް: [email protected]

ނޯޓް: މިއީ މިކަމަށް ކުރެވޭ ދެވަނަ އިޢުލާނެވެ. ފުތަރަމަ އިޢުލާނަށް އެކަށީގެންވާ ބިޑެއް ހުށަހަޅާފައި ނުވުމުން އެ އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

13 ނޮވެންބަރު 2024