ބީލަން
ނަންބަރު: (IUL)331/331/2024/100
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 21 ނޮވެންބަރު 2024 10:30
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                            ނަމްބަރ:331/331/2024/100(IUL)

 

 

   އިޢުލާން

 

 އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ކ.ގާފަރު ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމާއި ޕްލޭންގައި ޕްރޮޕޯސްކުރާ ބިންތައް ޑިމާކް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު:331/331/2024/93(IUL) އިޢުލާން ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ  އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                 މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ނޮވެމްބަރ 21 ވަނަ ދުވަހުގެ 10:30 ގައި މިކައުންސިލްގެ އިދާރާގައެވެ. 

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2024