ބީލަން
                	
                ނަންބަރު: (IUL)242-AD/242/2024/45
                    ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2024
                    ޕަބްލިޝްކުރި ގަޑި:  23:08
                                            ސުންގަޑި: 
                            20 ނޮވެންބަރު 2024 14:00
                        
                    
                ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގދ. ހުޅެއްދުއާ 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ
                                ނަންބަރު: (IUL)242-AD/242/2024/45
އިޢުލާން
ގދ. ހުޅެއްދުއާ 5 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ
ބިޑް ހުށަހުށަހެޅުމަށް މެއިލް މެދުވެރިކޮށް އިޢުލާންގައި ޖެހިފައިވަނީ ލިޔުމުގެ ކުށަކުންކަމަށް ވާތީ (IUL)242-AD/242/2024/44 ނަންބަރު އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ގދ. ހުޅެއްދުއާ 5 ( ފަހެއް ) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް https://rb.gy/8rf2rh ބޭނުން ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
 - ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
 - މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް 01 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް އެސްޓިމޭޓް ހުށަހެޅުން އޮންނާނީ މިއިދާރާގެ މީޓިން ރޫމް ގައެވެ.
 - ބަދަލުގައި މީހަކު ފުނުއްވާނަމަ އެކަން އެނގޭނޭފަދަ ލިޔުމެއް އޮންނަން ވާނެއެވެ.
 - އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މެއިލް މި އިދާރާއަށް ލިބުނުކަން ޔަޤީންކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
 
| 
 ތަފްޞީލް  | 
 ތާރީޚާއި ގަޑި  | 
| 
 ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް  | 
 20 ނޮވެމްބަރ 2024 ، 14:00  | 
| 
 ޕްރޮޕޯސަލް ހުށަހެޅުން  | 
 01 ޑިސެމްބަރ 2024، 13:00  | 
- ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6841032 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
 
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ
އާބާދީހިނގުން ، ތިނަދޫ ސިޓީ ، ދިވެހިރާއްޖެ
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                12 ނޮވެންބަރު 2024