ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)203-FINHUM/1/2015/25
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 12 ޖުލައި 2015 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް 3، އޮފިސަރ ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ: -/4465 ރ، ސަރވިސް އެލަވަންސް:-/1500ރ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ/ އެޑްމިނިސްޓްރޭޓިވް ސެކްޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮފީހުގެ ސްޓޮކަށާއި، އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރުމާއި، އިންވެންޓްރީގެ މަސައްކަތް ކުރުން.
  • އޮފީހުގެ އިސްވެރިން ބައިވެރިވެލައްވާ ޖަލްސާތަކާއި ދަތުރުތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • އޮފީހުން ފޮނުވާ ލިޔުންތައް ފައިލްކުރުމާއި، ސްކޭންކޮށް އާކައިވް ކުރުން.
  • އޮފީހުގައި ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދުމާއި، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ޕްރިންޓް ނެގުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • ޖަލްސާތަކާއި ބައްދަލުވުންތަކާއި މުނާސަބާތައް ފާހަގަ ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • ސެކްޝަނަށްލިބޭ ސިޓީއާއި، އެހެނިހެން ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، ފެށޭކޮންމެ އަހަރަކަށް ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • އޮފީހުގައި ލިޔަންޖެހޭ ސިޓީ، މެމޯ، މެސެޖް، ނޯޓް، އިޢުލާން، ފަދަ ތަކެތި ޓައިޕްކުރުން.
  • އޮފީހުން އެހެނިހެން އޮފީސްތަކަށް އީ ގަވަރމަންޓް އިން ފޮނުވާ ސިޓީ އަދި ލިޔުންތައް ސްކޭންކޮށް އާކައިވްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޭޖެންސީގެ ނަންބަރު 3335949 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތިމާވެއްޓާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ވާހަކަ ދެއްކުމާއި ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އެޖެންސީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއޭޖެންސީގެ ވެބްސައިޓް  www.epa.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ  އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް ( އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް ) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް.
  • މި މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާންގެ މުއްދަތު ހަމަވާތާ 01 މަސްދުވަހުގެ (ބަންދު ދުވަސްތައް ނުހިމަނައި) ތެރޭގައި އެންގޭނެއެވެ.

13 ރަމަޟާން 1436

30 ޖޫން 2015