ދިވެހިރާއްޖެ
އިޢުލާން
ފ. މަގޫދޫ ބަނދަރުގައި އިށީންނާނެ މައިޒާނެއް އެޅުމާއި ގުޅޭ:
މިއިދާރާގެ ނަންބަރު: IUL 372-A1/372/2024/35 (05 އޮގަސްޓް 2024) ގައި ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ އަގުބޮޑުކަމަށް ފެންނާތީވެ، އަލުން މިމަސައްކަތް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން: |
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ނޮވެންބަރު 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ފޯމު ފުރުއްވުމަށްފަހު [email protected] ށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ކުރިން ބީލަމުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް އަލުން ރެޖިސްޓްރީވުމަކާއި ނުލައި ބީލަމުގައި ބައިވެރިވުމު ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. |
ބިޑް ރަޖިސްޓްރީ ފީ |
ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން ލިޔަންވާނެއެވެ. އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ އެކައުންޓް ނަންބަރ: 7730000042894 |
ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން: |
ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު2024 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:00 ގެ ކުރިންއީމެއިލް މެދުވެރިކޮން ބީލަން / ޕްރޮޕޯސަލް ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ބިޑް ފޮނުވާނީ [email protected]އަށް، ސަބްޖެކްޓްގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި އިޢުލާނު ނަންބަރު ޖެހުމަށް ފަހު ބިޑް ޑޮކިއުމެންޓްގައިވާ އެއްމެހާ ތަކެތި އީމެއިލްގައި އެޓޭޗް ކުރުމަށް ފަހުއެވެ. ނުވަތަ 2024 ނޮވެންބަރު 20 ވަނަ ދުވަހުގެ ބީލަން / ޕްރޮޕޯސަލް ހުށައެޅުމަށް ހަމަޖެހިފައިވާ ގަޑި، 13:00 ގައި މި އިދާރާއަށް ވަޑައިގެން ބީލަން / ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ. |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބީލަން ހުށައެޅުއްވުން އެދެމެވެ.
މި އިދާރާއަށް ދުރުވެ ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ. މަގޫދޫ ބަނދަރުގައި އިށީންނާނެ މައިޒާނެއް އެޅުން/ (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] / [email protected] އަށެވެ.
11 ޖުމާދަލްއޫލާ 1446
12 ނޮވެމްބަރ 2024