ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)378/2024/56
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 20 ނޮވެންބަރު 2024 11:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ސެޓްފިކެޓް 2 ކޯހުގެ 3 ވަނަ ބުރުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުން.

މި އިދާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްއާއި ގުޅިގެން "ނިޔަމި ސެޓްފިކެޓް 2" ހުޅުދެލީގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ 2024 ޑިސެމްބަރ 5 ން 8 އަށެވެ. މިކޯހުގައި ބައިވެރިން ދައްކަންޖެހޭ ފީގެ ދެބައިކުޅަ އެއްބައި ދެއްކުމަށް ހަމަޖެހިފައިވަނީ މިއިދާރާއިންނެވެ. އެގޮތުން މިކޯހުގެ ފީދެއްކުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

ކޯސް ފީ (ޖުމްލަ)

ކައުންސިލުން

ބައިވެރިން

-/1300 ރުފިޔާ

-/650 ރުފިޔާ

-/650 ރުފިޔާ

މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ އެންމެ މަދުވެގެން 20 ބޭފުޅުން ބައިވެރިވާނަމައެވެ. އަދި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ޖުމްލަ 25 ބައިވެރިންނަށެވެ. ކޯހުގެ ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ފޯމުލާ ތަރުތީބުން 25 ބައިވެރިންނަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރ 20 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ފޯމުހުށަހެޅުން އެދެމެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ.

 

12 ނޮވެންބަރު 2024