ދިވެހިރާއްޖެ
މި ކުންފުނީގެ އޮޕަރޭޝަންތަކުގެ ބޭނުމަށް ފަސިންޖަރުން އުފުލާ އައު ސްޕީޑް ލޯންޗެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
ރަޖިސްޓްރޭޝަން އަދި މަޢުލޫމާތު ސާފުކުރުން
|
17 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން. މަޢުލޫމާތު ބައްދަލުވުން 20 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އެމްޕީއެލް ހެޑްއޮފީހުގައި.
(އަންދާސީ ހިސާބު ބަލައިގަނެވޭނީ މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ އެކަންޏެވެ.) |
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
24 ނޮވެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް. |
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039256 އަށެވެ.