ނީލަން
ނަންބަރު: (IUL)321-A/321/2024/205
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 22 ނޮވެންބަރު 2024 16:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސްލަކުޑި ނީލަން ކިޔުން

އިޢުލާނު

  ގަސްލަކުޑި ނީލަން ކިޔުން

                     

      ރަށުގެ އެކި ސަރަޙައްދުތަކުން ނަގާ މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ގަސްލަކުޑި ދުވަހު ނީލަމުގައި ވިއްކާލަގޮތަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ، 2024 ނޮވެންބަރު 22 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި އުރީދޫ ދަނޑީގެ އިރުން އޮތް ސަރަޙައްދުގައެވެ.

 

      ވީމާ، މި ގަސްލަކުޑިތައް ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 ނޮވެންބަރު 22 ވާ ހުކުރު ދުވަހު އެގަޑިއަށް އެ ސަރަޙައްދަށް ދުރުވުމަށް ދަންނަވަމެވެ. ނީލަމުގެ ކޮންމެ ސުލޮޓެއް (ބައެއް) ފެށޭއަގަކީ -/250 (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ

 

      އަދި ދަންނަވަމެވެ. މި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާ، 2024 ނޮވެންބަރު 26 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދައްކަވާ ނިންމަވަން ވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި 2024 ނޮވެންބަރު 27 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން ގެންގޮސް ނިންމާ ބިން ސާފުކުރަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެތި، ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ.  

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

12 ނޮވެންބަރު 2024