ދިވެހިރާއްޖެ
ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިއަހަރުގެ އެންމެ ފޯރިގަދަ ވޮލީބޯލް މުބާރާތް " ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގައި ބައިވެރިވުމަށް ގިނަ ޓީމްތަކުން އެދިލައްވާފައިވާތީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 28 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން މުބާރާތުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަދި 9 ވަނަ މާއްދާގެ (ހ) އަދި (ށ) އިސްލާޙުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2024 ނޮވެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2024 ޑިސެމްބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. ޓީމް ރެޖިސްޓްރޭޝަން ފޯމް އަދި ޓީމް ލިސްޓް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށްފަހު އިދާރާއަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެޓީމެއްގެ ޒިންމާއެކެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7632233 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.