މަސައްކަތް
ނަންބަރު: (IUL) 438/438/2015/173
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 22 ޖުލައި 2015 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ.ވަންދޫގައި ރިވާސް އޮސްމޯސިސް ޕްލާންޓް އަދި ފެން ރައްކާކުރާ ޓޭންކެއް ޑިޒައިން، ބިލްޑް އަދި ކޮމިޝަން ކޮށްދިނުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: IFB No.: 023/4427-MAL

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރ.ވަންދޫގައި ރިވާސް އޮސްމޯސިސް ޕްލާންޓް އަދި ފެން ރައްކާކުރާ ޓޭންކެއް ޑިޒައިން، ބިލްޑް އަދި ކޮމިޝަން ކޮށްދިނުމުގެ މަސައްކަތް:

1- މިމިނިސްޓްރީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް (އެމް.އީ.އެމް.ޕީ) – އެޑިޝަނަލް ފައިނޭންސިންގެ ބޭނުމަށް ކުރެވުނު ނަންބަރު IUL)13-K1/13/2015/93) އިޢުލާނުގައިވާ މަސައްކަތުގެ ސްކޯޕަށް ބަދަލުގެންނަން ނިންމައިފައިވާތީ އެއިޢުލާނަށް ލިބިފައިވާ ބީލަންތައް ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމަށް އަލުން ހުޅުވައިލަމެވެ.

2- ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ރ.ވަންދޫގައި ރިވާސް އޮސްމޯސިސް ޕްލާންޓް އަދި ފެން ރައްކާކުރާ ޓޭންކެއް ޑިޒައިން، ބިލްޑް އަދި ކޮމިޝަން ކޮށްދޭނެ މިކަމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

3- މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، ވާރލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4- މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5- ބީލަމުގައި ބައިވެރިވުމަށް 2015 ޖުލައި 22ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ޝައުޤުވެރިކަން ފާޅުކުރައްވަންވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ބީލަންފޮތް މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

   ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،

   މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

   ގްރީން ބިލްޑިންގ،

   ހަނދުވަރީ ހިނގުން، މާލެ، ދިވެހިރާއްޖެ،

   ފޯން: 3018419

   ފެކްސް: 3018301

   އީމެއިލް: [email protected]

7- މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަންޖެހޭނެއެވެ.

8- ބީލަން ހުޅުވުން އޮންނާނީ 2015 ޖުލައި 23ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

02 ޖުލައި 2015