ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2023/107
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 22:49
ސުންގަޑި: 13 ނޮވެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވާވޮށި ފެސްޓިވަލް 2024" ކުރިއަށްދާ މުއްދަތުގައި ރަށުންބޭރުން އަންނަ ފަރާތްތަކަށް ޓެކްސީ ދަތުރުކޮށްދިނުމާއި ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަށް ހޯދުމާއި ގުޅޭ

އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ފަރާތުން އިންތިޒާމް ކޮށްގެން 2024 ނޮވެމްބަރު 21 އިން 23 އަށް ނ. ކެނދިކުޅުދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވާވޮށި ފެސްޓިވަލް 2024" ކުރިއަށްދާ މުއްދަތުގައި، ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޓެކްސީ ދަތުރު ކޮށްދިނުމަށާއި، ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.

ޓެކްސީ ދަތުރު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުންހުށަހަޅަންޖެހޭ މަޢުލޫމާތު:

1-                  ނަމާއި، އެޑްރެސް، ގުޅޭނެ ފޯން ނަންބަރު

2-                  އުފުލޭ ފަސިންޖަރުންގެ އަދަދު

3-                  އުޅަނދުގެ ބާވަތް

 

ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ މަޢުލޫމާތު:

1-                  ނަމާއި، އެޑްރެސް، ގުޅޭނެ ފޯން ނަންބަރު

2-                  ކޮޓަރި ކުއްޔަށްދޭ އަގު

3-                  ކުއްޔަށް ދޫކުރާ ކޮޓަރިތަކުގެ އަދަދު

އެހެންކަމުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 13 ނޮވެމްބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 7990944 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުން ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07  ޖުމާދަލްއޫލާ 1446

09  ނޮވެންބަރު  2024

09 ނޮވެންބަރު 2024