ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MUH/1/2024/205
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 18:04
ސުންގަޑި: 21 ނޮވެންބަރު 2024 14:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލް ދަރިވަރުންގެ އޮފިޝަލް ޔުނިފޯމް ސަޕްލައިކޮށްދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މުޙްޔިއްދީން ސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އޮފިޝަލް ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް  ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  09 ނޮވެމްބަރ 2024 އިން 21 ނޮވެމްބަރ 2024އަށް ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ).

3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ14:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ސާމްޕަލް އަދި އެސްޓިމޭޓް ހުށަހެޅޭނެ އެންމެ ފަހު މުއްދަތަކީ 21 ނޮވެމްބަރ 2024 އިން 21 ޑިސެންބަރ 2024 އަށެވެ.

5. ބީލަން ހުޅުވުން އޮންނާނީ 03 ޑިސެންބަރ ވާ އަންގާރަ ދުވަހުގެ 11:30 ގައި މުޙްޔިއްދީން ސްކޫލުގައެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙްޔިއްދީން ސްކޫލް

މާލެ

ފޯން: 7552792

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

09 ނޮވެންބަރު 2024