ބީލަން
ނަންބަރު: (IUL)356/356/2024/91
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:53
ސުންގަޑި: 19 ނޮވެންބަރު 2024 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލީ ޒުވާނުންގެ 4 ވަނަ ވޮލީ މުބާރާތުގެ ރެފްރީންނާއި ލައިންސްމޭނުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

2024 ޑިސެމްބަރ 02 ގައި ފެށުމަށް ހަމަޖެހިފައިވާ އަންހެނުންގެ އަދި ފިރިހެނުންގެ ވޮލީ މުބާރާތުގެ ރެފްރީންނާއި ލައިންސްމޭނުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

މީހުންގެ ޢަދަދު : 3

މުއްދަތު: ގާތްގަނޑަކަށް 13 ދުވަސް ( 2024 ޑިސެމްބަރ 02 ން 2024 ޑިސެމްބަރ 14 އަށް)

ގަޑިތައް : ހެނދުނުސައި ( ހެނދުނު ސައިގެ ގޮތުގައި ހިމެނިދާނެ ތަކެތި: ކޮންޓިނެންޓަލް ބްރެކްފާސްޓް ، މަސްހުނި ރޮށި ، ކުޅިމަސް ރޮށި  ފަދަ ކެއުން )

         މެންދުރު ކެއުން (މެންދުރު ކެއުމުގެ ގޮތުގައި ހިމެނިދާނެ ތަކެތި: ބަތް ގަރުދިޔަ ، ފްރައިޑް ރައިސް ، ފްރައިޑް ނޫޑްލުސް ، ޕާސްޓާ ފަދަ ކެއުން )

         ރޭގަނޑު ކެއުން (ރޭގަނޑު ކެއުމުގެ ގޮތުގައި ހިމެނިދާނެ ތަކެތި: ބަތް ގަރުދިޔަ ، ފްރައިޑް ރައިސް ، ފްރައިޑް ނޫޑްލުސް ، ޕާސްޓާ ފަދަ ކެއުން )

         ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން  2024 ނޮވެމްބަރ 19 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ކޯޓޭޝަން ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " ރެފްރީންނާއި ލައިންސްމޭނުންގެ ކެއުން ހަމަޖެއްސުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މިދެންނެވި ގޮތާ ޚިލާފަށް ހުށަހަޅާ ކޯޓޭޝާނާއި ގަޑިޖެހޭ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ.

         އިތުރުމަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި އިދާރާގެ [email protected]  މެއިލްއަށް ފޮނުވުން އެދެމެވެ . ނުވަތަ 7711722 ނަންބަރު ފޯނާއި ގުޅުމުން މަޢުލޫތު ސާފުކޮށްދެވޭނެ އެވެ.

       05 ޖުމާދަލްއޫލާ 1446   

07 ނޮވެންބަރު 2024