ޢާންމު މަޢުލޫމާތު
ނަންބަރު: TTAM/IUL/141/2024/031
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 12 ނޮވެންބަރު 2024 12:00
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
"ޝޭޕިންގ ފިއުޗަރަ ސްޓާސް" އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން ހައިޕަރފޯމަންސް ކޭމްޕް ގައި ބައިވެރިވުމުގެ ފުރުޞަތު

"ޝޭޕިންގ ފިއުޗަރަ ސްޓާސް" ގެ ނަމުގައި އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން ހައިޕަރފޯމަންސް ކޮމިޝަން އިން 17 ޑިސެމްބަރ އިން 23 ޑިސެމްބަރ އަށް ޤަތަރު ގެ ދޯހާގައި ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ 17 އަހަރުން ދަށުގެ 2 އަންހެން އަދި 2 ފިރިހެން ކުޅުންތެރިންނަށް ލިބިފައިވާތީ މި ކޭމްޕްގައި  ބައިވެރިވުމަށް ޝައުޤުވެރިވާ ކުޅުންތެރިން ޝޯޓްލިސްޓް ވުމަށް ނަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

އަދި ދަންނަވަމެވެ، ބައިވެރިންގެ ޓްރޭނިންގ ފީ، އެކޮމަޑޭޝަން އަދި ކެއުމުގެ އިންތިޒާމް އާއި އިންޓަރނަލް ޓްރާންސްޕޯޓްގެ ކަންކަން ހަމަޖައްސާނީ އެސޯސިއޭޝަނުން ކަމުގައިވީ ނަމަވެސް ދަތުރުގެ ދެކޮޅު ޓިކެޓްގެ ޙަރަދު ހަމަޖައްސަން ޖެހޭނީ އެކުޅުންތެރިން އަމިއްލައަށް ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މި ކޭމްޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ 17 އަހަރުން ދަށުގެ ކުޅުންތެރިން އެކުޅުންތެރިއެއްގެ ވަނަވަރު ހިމެނޭހެން  12 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން  މި އެސޯސިއޭޝަނަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

05 ނޮވެންބަރު 2024