ދިވެހިރާއްޖެ
1. އަމިއްލަ ތަކެތީގައި ދެމެދުމަތި ފަންނުގައި ފެންވަޅެއް ބަހައްޓައި ފެންވަޔަރިންގ އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)245-MIM/245/2024/88 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.
2. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށެވެ.
3. މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅުއްވާނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކޯޓޭޝަން ހުށަހަޅާ ފޯމުންނެވެ. ކޯޓޭޝަން ހުށަހެޅުއްވުމުގެ ކުރިން މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު، މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެކަމެއް ސާފުކުރައްވަން ވާނެއެވެ.
4. މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6501005 އަށް ގުޅުއްވުން އެދެމެވެ.