ބީލަން
ނަންބަރު: 216-MPAO-GS/IUL/2024/21
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 21 ނޮވެންބަރު 2024 11:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހުގެ ބޭނުމަށް ޓީވީއެއް ސަޕްލައިކޮށްދިނުމާ ބެހޭ

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

މިއޮފީހުގެ ބޭނުމަށް ޓަޗް އިންޓަރެކްޓިވް ޓީވީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 14 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 

އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.

07 ނޮވެންބަރު 2024