ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-D/30/2024/163
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:30
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޑިސެންބަރު 12 އިން 14 އަށް މާލޭގައި އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.      ވީމާ، މި އެގްޒިބިޝަނަށް އާޓްވޯކު ހުށަހަޅަން ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި އިރުޝާދު މި އިޢުލާނާ އެކު އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމެނިފައިވާނެއެވެ.

07 ނޮވެންބަރު 2024