ދިވެހިރާއްޖެ
އެމެންޑްމަންޓް-1
އިއުލާން ނަންބަރު |
MNU-CA-PAMD/2024/111 |
އިއުލާނުގެ ތާރީޚް |
07 ނޮވެންބަރ 2024 |
ބީލަމުގެ ނަން |
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެކިއުރިޓީ އޮފިސަރުންގެ ޔުނިފޯމް ފެހުމާއި އަދި ސްޓާފުން ބޭނުންކުރުމަށް ކޯޕަރޭޓް ޓީޝާޓް ފެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން |
މި ޔުނިވަރސިޓީން 22 އޮކްޓޯބަރ 2024 ގައި ކުރި ނަންބަރު: MNU-CA-PAMD/2024/111 (ދ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެކިއުރިޓީ އޮފިސަރުންގެ ޔުނިފޯމް ފެހުމާއި އަދި ސްޓާފުން ބޭނުންކުރުމަށް ކޯޕަރޭޓް ޓީޝާޓް ފެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން) އިޢުލާނާ ގުޅިގެން ދަންނަވަމެވެ. މި އިޢުލާނާ އެއްހީރަސްކުރެވިފައިވާ މަޢުލޫމާތު ކަރުދާހަށް ތިރީގައި މިދަންނަވާ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.
މި އިޢުލާންގެ މަޢުލޫމާތު ކަރުދާހުގައިވާ ސެކިއުރިޓީ އޮފިސަރުންގެ ޔުނީފޯމު، ފަޓުލޫނު އަދި ސްޓާފް ކޯޕަރޭޓިވް ޓީޝާޓަށް އަގު ހުށަހަޅާނީ ޖީއެސްޓީއާއެކު ކޮންމެ އައިޓަމަކަށް ވަކިންނެވެ. އަދި މި ބީލަން އިވެލުއޭޓްކޮށް އެވޯޑްކުރާނީވެސް ކޮންމެ އައިޓަމެއް ވަކިންކަމަށްވާތީ، އަގު ހުށަހަޅާއިރު ކޮންމެ އައިޓަމަކަށްވެސް ވަކިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ޑިޒައިންތަކުގެ ނަމޫނާ ތިރީގައި މިވަނީއެވެ.
މިނޫން، އެއްވެސް މައުލޫމާތެއް ނުވަތަ ބަދަލެއް މި އިއުލާނަށް ގެނެވިފައެއް ނުވެއެވެ.
މިހެންވެ، މައުލޫމާތަށްޓަކާ މިވާހަކަ ދެންނެވީމެވެ.