ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-NHO-PRIV-2024-3
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:09
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ނޯތު ހާބަރު ބޭނުންކުރުމުގެ އުޞޫލުގެ 4 އަދި 9ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެނައުމާއި ގުޅޭ.

2024 ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން ނޯތު ހާބަރ  ބޭނުންކުރުމުގައި ޢަމަލުކުރާނެ އުޞޫލުގެ އަންނަނިވި މާއްދާތަކަށް ވަނީ  އިސްލާހު ގެނެވިފައެވެ. ވިމާ، މިކަން މާލޭ ނޯތު ހާބަރ ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

މާލޭ ނޯތު ހާބަރު  ބޭނުންކުރުމުގެ އުޞޫލުގެ 4 އަދި 9ވަނަ މާއްދާގެ (ހ) އަށް އިސްލާހު ގެނައުން

ކީވޯލްތައް ބެހިފައިވާ ގޮތާއި ކީވޯލްތައް ބޭނުން ކުރުން

 

 

 

 

 

 

 

 

 

 

ކިއުގައި ނޯޓު ކުރުން

 

(ހ)

 

 

 

 

 

 

 

 

 

 

 

(ހ)

 

 

 

މާލެ ނޯތު ހާބަރުގެ ކީވޯލްތައް ބެހިފައިވަނީ 3 (ތިން) ޒޯނަކަށެވެ.

އެއީ ޒޯން - A،  ޒޯން – B،   އަދި  ޒޯން – C އެވެ.

(ތަފްސީލު ޗާޓް - ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ)

 

ޒޯނުތައް މިގޮތަށް ބެހިފައިވީ ކަމުގައި ވީނަމަވެސް މާލެ ނޯތު ހާބަރ އޮފީހަށް ފެނިއްޖެ ހިދެއްގައި ޒޯންތަކުގައި ކުރަމުންދާ މަސައްކަތް ބަދަލުކުރުމުގެ އިޚްތިޔާރު ބަނދަރު އޮފީހަށް ލިބިގެންވެއެވެ.

 

ޒޯން A ގެ ކީވޯލްގައިވާ އުޅަނދުފަހަރުގެ ބޭރަށް  އޮންނަ ބަރި ޚާއްސަ ކުރެވިފައިވަނީ، ވެއިޓިންގ އޭރިއާގެ ގޮތުގައިއެވެ. ވެއިޓިންގ  އޭރިއާގައި  މަޑުކުރެވޭނީ އެއްބަރިއަށް  ވުރެ އިތުރު ނުވާގޮތަށެވެ.  ވެއިޓިންގައި ތިބޭ އުޅަނދުފަހަރު ކީވޯލް އިން ނެރޭ އުޅަނދުފަހަަރަށް ޖާގަ ދޭންވާނެއެވެ.

 

 

މާލޭ ނޯތު ހާބަރ ފަޅުން ޖާގައަކަށް އެދޭ ނަމަ، ކިއުގައި ނޯޓު ކުރަން ވާނެއެވެ. މިގޮތުން، ތިރީގައި މި ދަންނަވާ ކޮންމެ ޒޯނަކުންވެސް ކިއުއަށް އެދެވިދާނެއެވެ.

  1. ނޯމަލް ކިއު (ޒޯން އޭ، އަދި ސީ)
  2. އެކްސްޕްރެސް ކިއު (ޒޯން ބީ)
07 ނޮވެންބަރު 2024