ދިވެހިރާއްޖެ
އދ.ދިގުރަށު ކައުންސިލްގެ އިދާރާ
ނަންބަރު:(IUL)353/353/2024/107
އިޢުލާނު
މަސްޖިދުލް އިނާރާ މަރާމާތުކުރުން 2024
މަސްޖިދުލް އިނާރާ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.
ބީލަން ހުށަހެޅުމުގެ ޝަރުޠު
1. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ބައިވެރިވުމަށް ދީފައިވާ މުއްދަތުގައި ބީލަން ހުށަހެޅުމަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
2. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށްޓަކައި ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ -/100ރ (ސަތޭކަ) ރުފިޔާއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުށަހަޅުއްވާނީ އެ ބޭނުމަށް ކައުންސިލް އިދާރާގެ ކައުންޓަރުން ދޫކުރާ ފޯމަކުންނެވެ. ފޯމާއެކު ކުންފުނީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން ބީލަން ފޯމާއެކު ހުށަހެޅުމަށް އިރުޝާދު ދީފައިވާ އެންމެހާ ލިޔެކިއުންތައް، ބީލަން ފޯމާއެކު ހުށަހަޅަންވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
7 ނޮވެމްބަރ 2024
އިބްރާހީމް ޢަބްދުއްރަހީމް
ކައުންސިލްގެ ނާއިބު ރައީސް