މަސައްކަތް
ނަންބަރު: (IUL)287/287/2024/40
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 17 ނޮވެންބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. މާޅެންދޫ ގައި މިހާރު ބޭނުންކުރަމުންދާ ޤަބުރަސްތާނު ސާފުކޮށް ދޭނެ ފަރާތެއް ހޯދުން

 އިޢްލާނު

ނ. މާޅެންދޫ ގަބުރަސްތާނު ސާފުކުރުމާއި ބެހޭ

ނ. މާޅެންދޫ ގައި މިހާރު ބޭނުންކުރަމުންދާ ޤަބުރަސްތާނު ގައި ހުރި، ހުރިހާ ގަސްތަކާއި ވިނަތަށް ނޮޅާ ސާފުކޮށް ކުނިތަޢް ކުނިގޮނޑަށް އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6560026 ގުޅުއްވައި މަޢްލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 17 ނޮވެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެމަސައްކަތް ކޮށްދޭނެ މުއްދަތާއި އަގު ބަޔާންކޮށް، ހުށަހަޅާފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއި އެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީ ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މިމަސައްކަތަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ސިޓީތައް ކެޑުން އޮންނާނީ ސިޓީ ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ވަޑައިގެންތިއްބެވި ފަރާތްތަކުގެ ހާޒިރުގައި، 17 ނޮވެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި، ނ. މާޅެންދޫ ކައުންސިލުގެ އިދާރާގައެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.

07 ނޮވެންބަރު 2024