ބީލަން
ނަންބަރު: (IUL)268/2024/56
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 19 ނޮވެންބަރު 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޭކުރެންދޫ ކައުންސިލް އިދާރާއަށް އެޗް.އާރު ސޮފްޓްވެއަރ ސަޕްލައިކޮށް ޓްރެއިނިންގ ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ނޭކުރެންދޫ ކައުންސިލަށް އެޗް. އާރު ސޮފްޓްވެއަރ ސަޕްލައިކޮށް، އިމްޕްލިމެންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)268/2024/47 އިޢުލާނާ ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އެ އިޢުލާނު ބާތިލްކޮށް އަލުން ހދ.ނޭކުރެންދޫ ކައުންސިލް އިދާރާއަށް އެޗް.އާރު ސޮފްޓްވެއަރ ސަޕްލައިކޮށް ޓްރެއިނިންގ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި:

އީމެއިލް:[email protected]  

19ނޮވެމްބަރ 2024 (އަންގާރަ)

12:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި:

19ނޮވެމްބަރ 2024 (އަންގާރަ)

13:00

އަންދާސީ ހިސާބު ހުށައަޅާނީ: [email protected]  މެއިލްއަށެވެ. މެއިލް ލިބުނުކަން ޔަޤީންކުރުމަކީ ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6520042 އަށެވެ.

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް، މި އިޢުލާނާއިއެކު، ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 ނޮވެންބަރު 2024