ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-A/493/2024/139
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 12 ނޮވެންބަރު 2024 14:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ ވަގުތީ ލިސްޓް

         ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް، 10 (ދިހަ) މެންބަރުން އިންތިޚާބު ކުރުމަށް 17 އޮކްޓޯބަރު 2024 ގައި މިނިސްޓްރީން ކޮށްފައިވާ ނަންބަރު : (IUL)493/493/2024/136  އިއުލާން އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް، ރަޖިސްޓްރީކުރި ފަރާތްތަކުގެ ވަގުތީ ލިސްޓް މި އިޢުލާނާ އެކު ވާނީ އެޓޭޗްކުރެވިފއެވެ.  

         މި ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ  12 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00  ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް  [email protected] މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                                  

07 ނޮވެންބަރު 2024