ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS78/IULAAN/2015/09
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 05 ޖުލައި 2015 11:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
02 އެއަރކޮންޑިޝަން ހޯދަން

މި ސްކޫލަށް 02 (ދޭއް) އެއަރކޮންޑިޝަން ހޯދަން ބޭނުންވެއްޖެ.

މި ސްކޫލަށް  02 (ދޭއް) އެއަރކޮންޑިޝަން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2015ވާ އާދީއްތަ ދުވަހުގެ 11:00އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޖުލައި 2015ވާ ބުދަ ދުވަހުގެ 13:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ޙަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ 1 ގަޑިއިރު ކުރިން އެކަން ބަޔާންކޮށް މި ސްކޫލަށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މި ސްކޫލުން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހއ.ކެލާ މަދަރުސަތުއްޝައިޚު އިބްރާހީމުން ގަންނަން ބޭނުންވާ 02 (ދޭއް) އެއަރކޮންޑިޝަން ވިއްކުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ

06 ރަމަޟާން 1436

23 ޖޫން 2015