ޢާންމު މަޢުލޫމާތު
ނަންބަރު: GS166/IUL/2024/026
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 19 ނޮވެންބަރު 2024 14:00
މުލަކު ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

`

 
   

 

 

މުލަކު ސްކޫލް

މ.މުލައް

ދިވެހިރާއްޖެ                                                                                            

                                            ނަންބަރު:GS166/IUL/2024/026

އިޢުލާން

 

2025 ވަނަ ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ

 

2025             ވަނަ ދިރާސީ އަހަރު މި ސްކޫލަށް އަލަށް ވަންނަން އެދޭ ދަރިވަރުންނަށް، 2024 ނޮވެމްބަރ 07 ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާ ތިރީގައި އެވަނީއެވެ.

ގްރޭޑް

2025 ވަނަ އަހަރު ކުދިން ސްކޫލަށް ވައްދާ އުމުރު ފުރާތައް

އެލް.ކޭ.ޖީ

2024 ޑިސެމްބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން

ޔޫ.ކޭ.ޖީ

2024 ޑިސެމްބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން

2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (6 އެޕްރީލް 2025 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް 1

2024 ޑިސެމްބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން

2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (6 އެޕްރީލް 2025 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.

 

ވީމާ 2025 ވަނަ ދިރާސީ އަހަރަށް، މިސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ވައްދަން ބޭނުންވާ ދަރިވަރުންގެ ފޯމް ފުރުއްވުމަށްފަހު، ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން 14:00 އަށް ސްކޫލް އޮފީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމު ރަސްމީ ގަޑިގައި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2024 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހެވެ. މިހާރު މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުން ޔޫ.ކޭ.ޖީ އަށް ނުވަތަ ގްރޭޑް 1 އަށް ބަދަލުވުމަށް ފޯމް ހުށައަޅާކަށް ނުޖެހޭނެއެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދޭ ފޯމާއެކު ތިރީގައި މިވާ ލިޔުންތައް ހުށައަޅަން ވާނެއެވެ.

  1. ދަރިވަރުގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  2. ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  3. ދަރިވަރުގެ ވެކްސިން ކާޑުގެ ކޮޕީ (ވެކްސިން ދެވިފައިވާ ތާރީޚް ހިމެނޭ ޞަފްޙާތައް ހިމެނޭގޮތަށް)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 7952903 އަށް ގުޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2024