ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2024/14
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 20 ނޮވެންބަރު 2024 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުސަތު

                   ނަންބަރު:IUMH-AD/I/2024/14

 މަޤާމު:

ލީގަލް އޮފިސަރ

ބޭނުންވާ ޢަދަދު 1

ވަޒީފާގެ ބާވަތް

ޕާޓް-ޓައިމް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ނުވަތަ ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

ޖުމްލަ މުސާރަ:

ދެފަރާތް އެއްބަސް ވާ

މަޤާމުގެ ޝަރްޠުތައް:

ޝަރީއާ އެންޑް ލޯ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު ޝަރީއާ އެންޑް ލޯ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ އެކިއެކި ދާއިރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮއްދިނުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އަދި ތަންފީޒީ އިދާރާތަކަށް އައިޔޫއެމް ހޯލްޑިންގްސް އިން ހުށަހަޅާ އަދި އައިޔޫއެމް ހޯލްޑިންގްސް އާއި ދެކޮޅަށް ހުށަހެޅި ހިނގާ މައްސަލަތަކާއި ގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.
  • އައިޔޫއެމް ހޯލްޑިންގްސް ގެ ފަރާތުން ކުރަންޖެހޭ ދަޢުވާކުރުމާއި، ދަޢުވާ ބަލައިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  • ކުންފުނީގައި ޢަމަލުކުރެވެމުންދާ ޤަވާއިދުތަކާއި އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނާއި އަދި ޤަވާއިދުތަކާއި ގުޅޭގޮތުން ކުންފުނީގެ ކަމާގުޅުންހުރި ދާއިރާތަށް އަހުލުވެރިކުރުވުމުގައި އެހީތެރިވުން.
  • ޤާނޫނީ މައްސަލަތަކާއި ގުޅުންހުރި ލިޔެކިޔުންތަށް ބެލެހެއްޓުން.
  • ޤާނޫނީ ލިޔެކިޔުންތައް ދިރާސާކުރުން.
  • ގާނޫނީ ލަފާ ބޭނުންވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އެފަދަ ލަފާދިނުން.
  • މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ (ތަޖުރިބާއަށް މަރކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ރެފަރެންސް ސިޓީތަކަށެވެ. ރެފަރެންސް ސިޓީގައި ސާފުކޮށް މަސައްކަތް ފެށި ތާރީޚް އޮންނަންވާނެއެވެ. ސާފުކޮށް މަސައްކަތް ފެށިތާރީޚް އެނގެން ނެތްނަމަ އެ ރެފަރެންސް ސިޓީ  ތަޖުރިބާއަށް  މާރކްސް ދިނުމުގައި ނުބެލޭނެއެވެ.)

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު 20 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

އިތުރު މައުލޫމާތު:

  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3016522 އަށް ގުޅުއްވުން އެދެމެވެ.

07 ނޮވެމްބަރ 2024

07 ނޮވެންބަރު 2024