ދިވެހިރާއްޖެ
މިރަށު ބައެއް މަގުތަކާ ގޯޅިތަކާ ސަރަޙައްދުތަކުގައި އިތުރު މަގުބައްތި ޖަހަން ބޭނުންވާތީ މިސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ދައުވަތު އަރުވަމެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 14 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހާޟިރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެދޭނަމަ ފޮނުއްވާނީ [email protected] އަށެވެ.
ރަޖިސްޓްރީކުރަން ފޮނުވާ އީމެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި)
2- ކުންފުނި ނުވަތަ ވިޔަފާރި ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިޞިއްޔަތު
އީމެއިލް ކުރައްވާއިރު ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ސާފު ކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ. އަދި މިއިދާރާއަށް ހާޟިރުވެ ރަޖިސްޓްރީކުރާނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.