ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/220
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 14 ނޮވެންބަރު 2024 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ލީގަލް އޮފިސަރ

ވަޒީފާގެ ދާއިރާ:

ލީގަލް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/11,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

ޝަރީއާ އެންޑް ލޯ ދާއިރާއިން މާސްޓާސް ނުވަތަ ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު ޝަރީއާ އެންޑް ލޯ ދާއިރާއިން މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ އެކިއެކި ދާއިރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮއްދިނުމާ ގުޅޭ މަސައްކަތް ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރުން.
  • ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކާއި އަދި ތަންފީޒީ އިދާރާތަކަށް ސްޓެލްކޯއިން ހުށަހަޅާ އަދި ސްޓެލްކޯއާއި ދެކޮޅަށް ހުށަހެޅި ހިނގާ މައްސަލަތަކާއި ގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.
  • ކުންފުނީގައި ޢަމަލުކުރެވެމުންދާ ޤަވާއިދުތަކާއި އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނާއި އަދި ޤަވާއިދުތަކާއި ގުޅޭގޮތުން ކުންފުނީގެ ކަމާގުޅުންހުރި ދާއިރާތަށް އަހުލުވެރިކުރުވުމުގައި އެހީތެރިވުން.
  • ޤާނޫނީ މައްސަލަތަކާއި ގުޅުންހުރި ލިޔެކިޔުންތަށް ބެލެހެއްޓުން.
  • ޤާނޫނީ ލިޔެކިޔުންތައް ދިރާސާކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

 14 ނޮވެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް  14 ނޮވެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓްވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

05 ޖުމާދަލްއޫލާ 1446

07 ނޮވެންބަރު 2024

07 ނޮވެންބަރު 2024