ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL) PSM-FP/PSM/2015/54
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 07 ޖުލައި 2015 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ބައެއް އިކްއިޕްމަންޓާއި އެއާގުޅޭ ތަކެތި ގަންނަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PRC/Eng/2015/154

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ އިންޖިނިއަރިންގ ޑިޕާޓްމަންޓަށް ބޭނުންވާ ބައެއް އިކްއިޕްމަންޓާއި އެއާގުޅޭ ތަކެތި ގަންނަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 12:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

13 ރަމަޟާން 1436

30 ޖޫން 2015