މުބާރާތް
ނަންބަރު: (IUL)299/299/2024/34
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:59
ސުންގަޑި: 19 ނޮވެންބަރު 2024 10:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ކައުންސިލް ޤުރުއާން މުބާރާތާއިގުޅޭ

އިޢުލާން

1446  ކައުންސިލް ޤުރުއާން މުބާރާތާއިގުޅޭ

 

މިކައުންސިލުން ރ ވާދޫގެ ރަށްވެހިންނަށާއި، ވާދޫގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތްތަކަށް  އާންމުކޮށް ހުޅުވާލައިގެން މިހިނގާ 1446 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ، 2024 ނޮވެމްބަރ 30 ވާ ހޮނިހިރު ދުވަހުއެވެ. މިމުބާރާތުގައި ކިޔަވަންޖެހޭ އުމުރުފުރާތަކާއި މުޤައްރަރު  މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރ 19 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން "މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް ޤުރުއާން މުބާރާތް – 1446 ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ރަސްމީ ވަގުތުތަކުގައި މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއޫލާ 1446

06 ނޮވެންބަރު 2024