މުބާރާތް
ނަންބަރު: (IUL)330-B/330/2024/84
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:03
ސުންގަޑި: 14 ނޮވެންބަރު 2024 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2024" ހިންގައިދޭނެ ފަރާތެއް ހޯދުން

"ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" ގެ ނަމުގައި ކާށިދޫ ކައުންސިލްގެ ފަރާތުން މިއަހަރުގެ ޑިސެންބަރު މަހުގެ 03 ވަނަ ހަފްތާގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ކޮށްގެން ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ، "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލާ އެއްގޮތަށް އައުޓްސޯސްކޮށްގެންނެވެ.

         ވީމާ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން، "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސްކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތް ހިންގައިދިނުމަށް އެދި ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.

      ވީމާ ކާށިދޫ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މީގެއިތުރުން އިވެންޓް މެނޭޖްކުރުމުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތެއް ނަމަ ތަޖްރިބާގެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

06 ނޮވެންބަރު 2024